އުމުރުން ދުވަސްވުމާއި ލޮލުގެ ދުޅަހެޔޮ ސިއްހަތު

މި ސެޕްޓެމްބަރު މަހު ދުނިޔޭގައި ‘ހެލްތީ އެޖިންގ’ މަސް ފާހަގަކުރާއިރު، މުސްކުޅި އާބާދީއަށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް ފާހަގަކޮށްލަމާ ހިނގާށެވެ. ސިއްހީ ދުޅަހެޔޮކަމުގެ އެކި ކަންކަމުގެ ތެރެއިން ލޮލުގެ ސިއްހަތަކީ މުހިންމު ކަންބޮޑުވުމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ލޮލުގެ ފެނުމަކީ ދިރިއުޅުމުގެ ފެންވަރާއި، ސިއްހަތު ދެނެގަތުމަށް ވަރަށް މުހިންމު އެއް ހިއްސުވެސްމެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ލޮލުގެ ފެނުމަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމާއި، އެހެން މީހުންނާ ގުޅުން ބަދަހިކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުހެލިވުމަށް ކޮންމެހެން ބޭނުންތެރި…