Blogs

އެކި މޫނުތަކުގެ ބައްޓަމާ ގުޅޭ ގޮތަށް، ފަސޭހަ ކަމާއި އެކު އަޅައިގެން އުޅެވޭ އަވިއައިނު އައިކެއަރއިން ލިބިވަޑައިގަންނަވާނެއެވެ. އައިކެއަރއިން ވިއްކާ އަވި އައިނުތަކަކީ ކޮލެޓީ ރަނގަޅު ލޮލަށް ފަސޭހަ އައިނުތަކެކެވެ. މީގެތެރެއިން މަޝްހޫރު މައުއީޖިމްގެ ކިނީ ކިނީ މޮޑެލްގެ ޕޮލަރައިޒްޑް އަވިއައިނު ކަލެކްޝަން ފާހަގަ ކޮއްލެވެއެވެ.

 

މައުއީޖިމްގެ އަވިއައިނުގެ އެންމެ ޙާއްސަ ސިފައަކީ ސުޕަތިން ގްލާސް ލެންސްތަކެވެ. މި ލެންސްތަކަކީ ލޮލަށް ފަސޭހަ އަދި ކުލަތަކުގެ މުއްސަނދިކަން އިތުރުކޮށްދޭ ލެންސްތަކެކެވެ. ކިނީ ކިނީގެ އައިނު ތިން ކުލައަކުން އައިކެއަރއިން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން  ލޮލުގެ ނަންބަރަށް ކިނީ ކިނީގެ އަވިއައިނު ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނެއެވެ.

 

ކިނީ ކިނީގެ ލެންސްތަކުން ގްލެއަރ އާއި ގެއްލުން ހުރި ޔޫވީ ރޭތަކުން ރައްކާތެރިކޮށްދެއެވެ. އަދި %99.9 ގެ ގްލެއަރ ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މި ޓެކްނޮލޮޖީގެ ސަބަބުން އަވިން ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް، 3321026 އަށް ގުޅުއްވާލައްވާ.